މިނިސްޓްރީ އޮފް ސްޕޯރޓްސް،
ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް
ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. އަދި، އެމްޓީސީސީގެ
ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު
ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން، ސަބްބޭސް މަރާމާތު ކުރުމާއި، ޓާރފް އަލުން އެޅުމާއި، ވަށައިފާރު ރޭނުން ހިމެނެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ފެންސް ރެނޮވޭޓް
ކުރުމާއި، އިތުރު 2 ބައްތި ހޮޅިދަނޑި ހަރުކުރުމާއި، މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއި، 16,100 އަކަފޫޓުގެ ސަރަހައްދެއްގައި
3 ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ، 24.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ.




