ޅ. ނައިފަރުގައި 300 ހައުސިންގް ޔުނިޓް ތަރައްގީ ކުރުމަށް ސަރުކާރުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ނައިފަރަށް ވަޑައިގެންނެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެޗްޑީސީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަކަމުގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވުމަށް ރައީސް ވަވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުންނެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.



