ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްގެން އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްތްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕްރޮޖެކްޓްގެ ތަފްޞީލް:
ސްޓެލްކޯއިން މި މަސައްކަތް ފަށާފައިވަނީ 29 ޑިސެމްބަރ 2021 އަދި ކޮމިޝަން ކޮށްފައިވަނީ 19 އޮކްޓޫބަރު 2025 ގައެވެ. މަސައްކަތް ނިމި، ޚިދުމަތް ފަށާފައިވަނީ 28 އޮކްޓޫބަރު 2025 (މިއަދު) އެވެ.
ސްޓެލްކޯއާ ހަވާލުކުރި މި މަސައްކަތުގެ އަގަކީ، 50،888،210.00 ރުފިޔާއެވެ.
° މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ވަސީލަތްތައް:
200 ޓަނުގެ 2 RO ޕްލާންޓް
1400 ޓަނުގެ 2 RO ޓޭންކް
1200 ޓަނުގެ 1 RW ޓޭންކް
17،336 މީޓަރުގެ ނެޓްވޯކް ލައިން
• މި މަޝްރޫޢުގެ ދަށުން ތުލުސްދޫގެ 350 ގެއަކަށް ވަނީ ފެނުގެ ޚިދުމަތް ދީފައެވެ.




