އަށް ރަށެއްގައި ކުޅިވަރު މަޝްރޫޢު ހިންގަން ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
1. ހއ. މުރައިދޫ – ފުޓްބޯޅަދަނޑު
2. ހދ. ކުމުންދޫ – ފުޓްބޯޅަދަނޑު
3. ށ. ފީވަކު – ފުޓްބޯޅަދަނޑު
4. ރ. މާކުރަތު – ފުޓްސަލްދަނޑު
5. ލ. ކުނަހަންދޫ – އައުޓްޑޯ ވޮލީކޯޓް
6. ހދ. ވައިކަރަދޫ – ސްކޭޓްޕާކް
7. ގއ. ދެއްވަދޫ – ފުޓްބޯޅަދަނޑު
8. ކ. ހުރާ – ފުޓްބޯޅަދަނޑު




