އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ވަނީ އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ބޮއި އޮޔާދަނީ އަލިހުރަސް ކަނޑުތެރެއިން ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.



