ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް އެ ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން އިންތިޙާބުކޮށްފިއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ ދެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިވަޑައިގެންފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.
އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޮވިވަޑައިގެންފައިވާކަމަށްވެސް ރޭގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ޕީއެންއެފްގެ ޓްރެޝަރާގެ މަގާމަށް އަހުމަދު މުސްތަފާ މުހައްމަދު އަދި އެ ޕާޓީގެ ރަޖިސްޓްރާއަކަށް ވަނީ އަލީ ޝިޔާން ނާޝިދު އިންތިހާބުކޮށްފަ އެވެ.
ހަމައެހެންމެ ޕީއެންއެފްގެ ސެނެޓަށް 14 ބޭފުޅަކު ވެސް ވަނީ އިންތިޚާބުކޮށްފައެވެ. އެ 14 ބޭފުޅުންނަކީ:
1. އާދަމް އާސިފް
2. އަހުމަދު ފަޔާޒް އަލީ (ޕާޕާ)
3. އަބްދުﷲ ސަމަދު
4. ޝަރީފާ ސައީދު
5. ހަލީމަތު ޒުހައިރާ
6. އަލީ ޝާހް
7. ނާއިފް ޝައުކަތު
8. ފާތިމަތު ރަހްމާ
9. މުހައްމަދު އަބްދުއްލަތީފް
10. އަދްލީ އިސްމާއިލް
11. އަބްދުﷲ ސަހީލް ޖަލީލް
12. މުހައްމަދު މައިޒަރު އަހުމަދު ޒާހިރު
13. ޑރ. އަބްދުﷲ އިބްރާހިމް
14. އައިޝަތު ހަފީޒް




