މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ”އެކްސް“ މެދުވެރިކޮށް ރޭގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑިދާނެ ކަމަަށް އެ ކުންފުނިން ފާހަގަ ކޮށްފައިވަނީ ސޯސަން މަގު، މުތީ ގޯޅި، މިއަލަނި ގޯޅި، ކާސިންޖީ މަގު، ދިއްލީ މަގު ހިމެނޭ ސަރަޙައްދުންނެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަަށް ލަފާކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އިން 2:15 އާ ދެމެދުގައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.



