މިއަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން ކުރިއަށް އޮތް 2 ދުވަހު ސްޓެލްކޯގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
ނަސަރުގެ ދުވަހަކީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.
ސްޓެލްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ފަޚުރުވެރި ނަސްރުގެ ދުވަހާއި ގުޅިގެން މިމަހުގެ 2 އާއި 3 ގައި އެ ކުންފުނީގެ ސާވިސް ސެންޓަރުތައް ބަންދު ވާނެ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ ކޮންޓެކްސް ސެންޓަރ 1545 ގެ ހިދުމަތް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ސާވިސް ކައުންޓަރުތަކުގެ ހިދުމަތް 4 ނޮވެމްބަރު 2025 އިން ފެށިގެން އަލުން ލިބެން ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.



