މެކްސިކޯގެ ސުޕަމާކެޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި، 23 މީހަކު މަރުވެއްޖެއެވެ.
ސޮނޯރާ ސްޓޭޓްގެ ހަރމޮސިލޯ ގައި ހުންނަ ވަލްޑޯ ސުޕަމާކެޓެއްގައި މިއަދު އެއްޗެއް ގޮވައިގެން ހިނގި މި ހާދިސާގައި 23 މީހަކު މަރުވެ 11 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ސޮނޯރާ ސްޓޭޓްގެ ގަވަރުނަރު އަލްފޮންޒޯ ޑިއުރާޒޯ ބުނީ މި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ ތެރޭގައ ގިނައީ ކުޑަކުދިން ކަމަށެވެ.
މީގެއިތުރުން މި ހާދިސާގައި ޒަހަމްވި މީހުންނަށް މިހާރު ހަރމޮސިލޯގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މޭޔަރު ބުނެފައިވެއެވެ.
ސުޕަމާކެޓްގައި އެއްޗެއް ގޮވާފައި މިވަނީ ބަޔަކު ދިން ހަމަލާއަކާ ގުޅިގެން ނުވަތަ ދާދި ފަހުން މެކްސިކޯގައި ފާހަގަ ”ދަ ޑޭ އޮފް ދަ ޑެޑް“ އާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
”ދަ ޑޭ އޮފް ދަ ޑެޑް“ އަކީ މަރުވެފައިތިބި މީހުންގެ ހަނދާނުގައި، އެމީހުންގެ އާއިލާ މީހުން ފާހަގަ ކުރާ ދުވަހެކެވެ.
މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުގީގެއް މިހާރު ފަށާފައިވާނެ ކަމަށް ވެސް ގަވަރުނަރު އަލްފޮންޒޯ ބުނެފައިވެއެވެ.




