މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މިއަދު، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށެވެ.
“މި ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ސޯސަން މަގު، މުތީ ގޯޅި، މިއަލަނި ގޯޅި، ކާސިންޖީ މަގު، ދިއްލީ މަގު ހިމެނޭ ސަރަޙައްދުން 2 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ (މާދަމާ) މެންދުރުފަހު 13:30 އާއި 14:15 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް“ ސްޓެލްކޯ އިން ބުނެފައި ވެއެވެ.
އެހެންކަމުން މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.




