ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ވަފުދެއް އިންޑިއާއަށް ފުރައިފިއެވެ.
އެ ވަފުދު ފުރާފައި ވަނީ އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށެވެ.
އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފައެވެ.
ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މި ނޮވެމްބަރ މަހުގެ 3 އިން 14 އަށް އިންޑިއާގެ އެކި ސިޓީތަކުގައެވެ.



