ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެކަމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ދެންމެ ބުނީ މާލެ އެމްޕީއެލާއި ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
”މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން“ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.



