އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
އެގޮތުން އެ ގާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
އެއްވެ އުޅުމުގެ ގާނޫނަކީ ގާނޫނުއަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.
އެ ގާނޫނުގެ ބޭނުންތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ ގަރާރުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ރާއްޖޭގައި އިންތިޒާމުވެގެންވާގޮތް ބަޔާންކުރުން ހިމެނެެއެވެ.
އެ ގާނޫނު ވުޖޫދުވެފައި ވަނީ 10 ޖެނުއަރީ 2013 ގައެވެ.




