މިމަހުގެ 6 ވަނަ ދުވަހު ފެށޭ ވަރަ އެކްސްޕޯ 2025 ގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވެސް ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ އެކްސްޕޯގައި، އެ ކުންފުނިން 30 އަހަރު ދުވަހު ދެމުންގެންދިޔަ ހިދުމަތްތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން އެމްޑަބްލިޔުއެސްސީން ހޯދިދާނެ ކެރިއަރުތަކާ ގުޅޭގޮތުން ވެސް އެ އެކްސްޕޯގައި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވަރަ އެކްސްޕޯ އޮންނާނީ މިމަހުގެ 6 އިން 8 އަށް، ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯއަކީ އަމިއްލަ މަސައްކަތްތައް ކުރުމަށާއި އެކި ކުންފުނިތަކާ ބެހޭގޮތުންނާއި ދާއިރާތަކާ ބެހޭގޮތުން ބޮޑަށް ޒުވާނުންނަަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯ އެކެވެ.




