މާފަންނު ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ވައި ގޮޅިއަށް މީހަކު ވެއްޓިއްޖެެއެވެ.
ފުލުހުން ދެންމެ ބުނީ މާލޭ މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 18:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށެވެ.
އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



