މާފަންނު ގެއެއްގެ ވައިގޮޅިން ވެއްޓި ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާލޭ މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 18:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޮޓަން 47އ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




