އައްޑޫ ސިޓީ މީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަނަލް ސެންޓަރ ގާއިމް ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ފުވައްމުލަކަށާއި އައްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ ދެ ރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމްއެވެ. އަދި އަރިހުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މީދޫ ކައުންސިލްގެ ރައީސް އާމިނަތު ސާލިހާ ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރެއް ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.



