ޑްރަގް ޓްރެފިކިންގް މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ޙުސައިން ޢަފީފް (50އ) އަތަމާގެ / ހދ. ނޭކުރެންދޫ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަނީ އޭނާއަށް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.
މިގޮތުން ފުލުހުން ވަނީ 2025 ނޮވެމްބަރު 12 ވަނަ ދުވަހުގެ 14:00 އަށް އޭނާ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައެވެ.




