ސ.ފޭދޫގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
އެ މިސްކިތުގެ މަޝްރޫޢަކީ، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މިސްކިތުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގަތުމުން އެ މިސްކިތުގެ ބިންގާއެޅުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ރާއްޖޭގެ ރަށްތަކުގައި އަލަށް ޢިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް ޢިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.



