އައްޑޫ ސިޓީ ފޭދޫ ގައި އަލަށް އަޅަންހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިންގާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފިއެވެ.
ފޭދޫ ފުޓްސަލް ދަނޑުގެ ބިންގާ މިނިސްޓަރ އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޭދޫގައި އެ ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ މިނިސްޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ ފޭދޫ ގައި އަލަށް އަޅަންހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިންގާ އަޅުއްވައި ދެއްވާފައި ވާއިރު މިނިސްޓަރ ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ މަސައްކަތް ވެސް މިއަދު ފައްޓަވައިދެއްވާފައެވެ.



