އައްޑޫ ސިޓީ މަރަދޫ ފޭދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މަރަދޫ ފޭދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު އައްޑޫ އަށް ވަޑައިގަތުމުނަ އެ ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ މިނިސްޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.




