ރާއްޖޭގެ ފިހާރަތަކުގައި ވިއްކާ، ޔާސް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ”ފޮނި ފޯއް“ ޕެކެޓުގެ ލޭބަލުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބިފައިވާ ކަމަށް ޖަހައިފައިވަނީ ހުއްދަ ނުދެނީސް ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.
އެމްއެފްޑީއޭއިން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް އަދި ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރި ކަމުގައިވީ ނަމަވެސް އެފަދަ ތަންތަނުން އުފައްދާ ވަކިވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާ ކަމަށެވެ.
އެހެންކަމުން، ”އެޕްރޫވްޑް ބައި އެމްއެފްޑީއޭ“ ނުވަތަ ”އެމްއެފްޑީއޭއިން ހުއްދަ ދީފައި“ ފަދަ އިބާރާތްތައް ލޭބަލުގައި ޖަހައިގެން ވިއްކުމަކީ، އެ ތަކެތި ގަންނަ މީހުންނަށާއި ބޭނުންކުރާ މީހުންނަށް އޮޅުންއަރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެ އޮތޯރިޓީން ވަނީ، ހުއްދަ ނުދޭ ތަކެތީގައި އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ކަމަށް ލޭބަލް ޖަހާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.





1 Comment
މިވެސް އާއްޓެގެ ކަމެއް