ވަރަ އެކްސްޕޯގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ހޯމްގާޑެނިންގ ޕެކޭޖެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އެގޮތުން މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސްޓޯލެއް އެ އެކްސްޕޯގައި ހުންނާނެ ކަމަށެވެ.
”މި ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ރެއަކުވެސް ކޮންމެވެސް އެއްފަރާތަކަށް ހޯމްގާޑެނިންގ ޕެކޭޖެއް ލިބިގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެ ސްޓޯލުން ދަނޑުވެރިކަމުގެ ދާއިރާއިން ކެރިއަރ ގައިޑެންސް، އަދި ދަނޑުވެރިކަމުގެ ދާއިރާއިން ތަފާތު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
އަދި އެނިމަލް ވެލްފެއަރގެ ދަށުން ޕެޓްކެއަރ ކުލިނިކްގެ ޚިދުމަތްވެސް އެ ސްޓޯލް އިން ލިބޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.



