ހުޅުމާލޭގައި މިއަދު ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލެއްގައި ޖެހުމަށްފަހު، ދުވާރު މައްޗަށް އަރައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުގައެވެ.
ފުލުހުން ބުނިގޮތުގައި އެ ކާރު ކޮންޓްރޯލު ނުވީ، ކުރިމަތިން އައި ކާރަކުން ނައްޓާލައިގެން، ދާން އުޅުމުގެ ތެރޭގައެވެ.
ފުލުހުން ބުނީ އެ ކާރު ގޮސް ސައިކަލެއްގައި ޖެހި، ފިހާރައެއްގައި ވެސް ޖެހިފައިވާ ކަމަށެވެ.
އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކާރު ގޮސް ޖެހުމުގެ ސަބަބުން ފިހާރައަށް ގެއްލުމެއް ވެފައިވާ މަންޒަރެއް ނުފެނެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކާރުގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.




