ފިލިޕީންސަށް މިއަދުގެ ވަގުތެއްގައި ތޫފާން ފަންގް-ވޮންގް އަރާނެ ކަމުގެ އިންޒާރު ދީފައިވުމުން، އެ ޤައުމުގެ ސަރުކާރުން 100،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެއްޖެއެވެ.
ފިލިޕީންސްގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ތޫފާނުގެ ބާރު އެހާ ގަދަވުމުން، ގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުން އަދި ސްޓޯމް ސާޖް (ތޫފާނީ އުދަ) އަރައި ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މޫސުން ގޯސްވުމުން ނެރޭ އެލާޓްތައް ފިލިޕީންސްގެ ބޮޑު ބަޔަކަށް މިހާރު ވަނީ ނެރެފައެވެ. އެގޮތުން އެގައުމުގެ ދެކުނުގައިވާ ކެޓަންޑުއާންސް އާއި އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ކެމަރިންސް ނޯޓޭ އަދި ކެމަރިންސް ސޫރް އަށް ވަނީ އެންމެ މަތީ އެލާޓް ކަމަށްވާ ”އެލާޓް 5 “ ނެރެފައެެވެ. އަދި ވެރިރަށް މެނީލާއާއި އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނެރުނީ ”އެލާޓް 3“ އެވެ.
އާއްމުކޮށް ވައިޖެހޭ ބާރުމިން ގަޑިއަކު 185 ކިލޯމީޓަރު ހުރެފައި ވައިގަދަވާ ވަގުތުތަކުގައި ވައިގަދަވާ ވަގުތު ތަކުގައި 235 ކިލޯމީޓަރަށް ގަދަވާ ވަޔާ އެކު ތޫފާން ފަންގް-ވޮންގް ފުރަތަމަ އަރާނެ ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި، ކެޓަންޑުއާންސްގެ ލޫޒޯން ނަމަކަށްކިޔާ ރަށަކަށް ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެ ތޫފާނުގެ އަސަރުކޮށް، ވިސަޔަސް ނަމަކަށް ކިޔާ ސަރަހައްދުން މިހާރު ވެސް ވަނީ ކޮންމެވެސް ވަރަކަށް ކަރަންޓު ކެނޑިފައެވެ.



