ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ސ. މަރަދޫގައި އިމާރާތްކުރާ މިސްކިތުގެ ކޭބަލް އެޅުމުގެ މަސައްކަތް ފަަށައިގެން ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ފެނަކަ އިން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފެނަކައިން ބުނީ އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތަށް ކަރަންޓްދިނުމަށް އެލް.ވީ ކޭބަލް އެޅުމަށްޓަކައި ކޮނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެލް.ވީ ކޭބަލް އެޅުމަށްޓަކައި، 292 މީޓަރަށް ކޯރު ކޮނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.




