ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ޢަބްދުالله (ރޯޒޭ) މިއަދު އިންތިހާބުކޮށްފިއެވެ.
ރޯޒޭ އެމަގާމަށް އިންތިހާބުކުރެއްވީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަލީ އަހުމަދު އިނގިރޭސި ސަރުކާރުން ދޭ ޝީވްނިންގ ސްކޮލާޝިޕް ފުރުސަތު ލިބިލެއްވުމުން އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި ތައުލީމު ހާސިލުކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރެއްވި ކުރިމަތިލާން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ އަހުމަދު އަބްދުﷲ އެކަންޏެވެ.
އެގޮތުން އަހުމަދު އަބްދުﷲ އެ މަގާމަށް އިންތިހާބުވެލައްވާފައި ވަނީ ޖަލްސާގައި ބައިވެރިވެލެއްވި 5 މެންބަރުންގެ ވޯޓުންނެވެ.
އަހުމަދު އަބްދުﷲ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވަނީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިގޮތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރެއްގެ މަސައްކަތުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްގެ ޙައިސިއްޔަތުން އަހުމަދު އަބްފުﷲ ވަނީ ހިދުމަތް ކުރައްވާފައެވެ.



