ޕަލާއޫއާއެކު ފަތުރުވެރިކަމުގެ ތަމްރީނާއި ފުރުޞަތުތަކާ ގުޅޭގޮތުން ދިވެހި ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް، ޕަލާއޫގެ ހިއުމަން ރިސޯސަސް، ކަލްޗަރ އެންޑް ޓޫރިޒަމްގެ މިނިސްޓަރު، އެޗް.އީ. ނިގިރައިބެލަސް ޓްމެޓޫޗަލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުން އޮތީ އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ އާންމު ބައްދަލުމުގެ 26 ވަނަ ސެޝަނުގެ ހަވާސާގައެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ތަޢުލީމީ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށެވެ.
އެގޮތުން މި މަޝްވަރާތަކުގައި ވަނީ ފަތުރުވެރިކަމުގެ ތަމްރީނުތަކާއި، ފެކަލްޓީ އޮފް ހޮޓެލް އެންޑް ޓޫރިޒަމް ސްޓަޑީޒް (FHTS) މެދުވެރިކޮށް ދަރިވަރުން ބަދަލުކުރުމުގެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ދެ ޤައުމަށްވެސް ފައިދާހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ދެނެގަނެ، އެކަމަށް މަގުފަހިކުރުމާ ގުޅޭގޮތުންވެސް ވަރަށް ފުޅާކޮށް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުންވެސް ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެމިތިބޭނެކަން ކަށަވަރުކޮށްފައެވެ.
ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިޔާސަތުތައް ހަރުދަނާކޮށް، އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެ، މި ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި ބައްދަލުވުމަކީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ގުޅުންތައް ބަދަހިކުރުމަށް ދެމެހެއްޓެނިވި ގުޅުންތަކަށް ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ ބައްދަލުވުމެއް ކަމަށް ދެ މިނިސްޓަރުންވެސް ފާހަގަކުރެއްވިއެވެ.



