ހުޅުމާލޭގައި ތަރައްގީކުރާ މީޑިއާ ވިލެޖް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ބައްލަވާ ލައްވައިފިއެވެ.
އެޗްޑީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އިއްޔެ މީޑިއާ ވިލެޖަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
އެ ސައިޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މަސައްކަތް ކުރިއަށްދާގޮތް އެމްޑީ ޒުހައިރު ވަނީ ބައްލަވާލައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މީޑީއާ ވިލެޖެއް ތަރައްޤީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރާއްޖޭގެ މީޑިއާތައް ކުރިއަރުވާ އެހީތެރިވުމުގެ ގޮތުން މީޑިއާ ވިލެޖެއް ހެދުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.


