ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް ދިޔަ މީހުންނާއެކު ބީޗާއި ބައެއް މަގުތައް ފުރިއްޖެއެވެ.
”ދިވެހީންގެރާއްޖެ“ ގެ ނަމުގައި މިރޭ ކުރިއަށްދާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ނަމަވެސް އެ ވަގުތުގެ މާކުރިން މުޅި ބީޗު ސަރަހައްދު ވަނީ މި ޖަލްސާއަށް ހާޒިރުވީ މީހުންނާއެކު ފުރިފައެވެ. އަދި ހެންވޭރު ދަނޑާ ހަމައަށް މުގުތައް ފުރިފައިވާ ކަމަށް އެނގިފައިވެއެވެ.
މިރޭގެ ބޮޑު ޖަލްސާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރަށްރަށުން ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ވަނީ މާލެ އައިސްފައެވެ.
މި ޖަލްސާ އަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އެއް ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.



