ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ދިވެހީންގެރާއްޖެ“ ގެ ނަމުގައި ރޭ އާޜިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށާއި، ބާކީ ބަޔަކީ ޑިސްކައުންޓް ކަމަށެވެ.
”ކޮންމެ ރަމަޟާން މަހެެއްގައިވެސް އަޅުގަނޑުމެން ރައްޔިތުންނަށް އެބަ ހަދިޔާދެން، ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ، އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު އެންމެ ގިނަވެގެން ނަގާނީ 400 ރުދިޔާ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ނިމިދިޔަ ރަމަޟާން މަހުގައިވެސް މި ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ.



