ނިމިދިޔަ ހަފްތާގައި ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އާރްޑީސީން އެކަން ހާމަކުރީ މިދިޔަ ހަފްތާގެ މަސައްކަތްތަކާ ގުޅިގެން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އާރްޑީސީން ވަނީ އެކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ނައިފަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައެވެ.
މީގެއިތުރުން އެ ސެކްޓަރ ގެ ދަށުން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަން އެޅުމަށް ލީން އެޅުމުގެ މަސައްކަތް ވެސް އާރްޑީސީން ވަނީ ކޮށްފައެވެ.
އެ ކުންފުނިން މިދިޔަ ހަފްތާގައި ވަނީ އދ. ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން ކޮލްމްސް ކާސްޓިންގެ މަސައްކަތް ވެސް ކޮށްފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ހިތަދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން ބޭސްމެންޓް ބެކް ފިލިންގ އަދި ކޮލަމް ހިކިންގ ގެ މަސައްކަތް ވެސް އާރްޑީސީން ވަނީ ކޮށްފައެވެ.


