ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުުކުރާ އިރު އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށާއި އިންގްފްލޭޝަން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ބޮޑު މުސާރައިގެ ފައިދާއެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު މިއަދު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ބިލަށް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އަޒާން ވިދާޅުވީ މުސާރަ ބޮޑުކުރުމާ އެކު، އިންފްލޭޝަން މައްޗަށް ދާނެތީ ސަރުކާރުން މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.
އޭރުން ގިނަ އަދަދަކަށް މުވައްޒަފުން ނުނަގާ އަަޅުގަނޑުމެންނަށް ފަރުޖެއްސިދާނެ. އަންނަ އަހަރަކީ ހަމަ އަޅުގަނޑު މި ދެންނެވި ގޮތަށް މުސާރަ ބޮޑުވާ އަހަރު ކަމުން، މުސާރަ ބޮޑުކުރީމާ ހަމަ އެެއީ ވާކަމެއް އިންފްލޭޝަން މަތިވުން. އިންފްލޭޝަން މަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،“ މެންބަރު އަޒާން ވިދާޅުވިއެވެ.
އެހެންކަމުން މިހާރުއްސުރެ، އިންފްލޭޝަން ބޮޑުވުމާ ދެކޮޅަށް ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި ވެސް އަޒާން ވިދާޅުވިއެވެ.




