މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސް މަޖައްލާތަކުގެ ދަފުތަރު ޢާންމުކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން މީޑިއާތަކުގެ ދަފްތަރެއް އާންމުކޮށްފައި ވަނީ މިއަދު ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނީ އެ ކޮމިޝަނުގެ ޤާނޫނުގެ ދަށުން 45 ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފުތަރެއް އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ކުރިން ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ދަފުތަރު މިހާރު ޢާންމުކޮށްފައިވާ ކަމަށެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން މިއަދު ޢާންމުކޮށްފައިވާ ދަފުތަރުގައި 333 ނޫސް މަޖައްލާއެއް ހިމެނެއެވެ.
އަދި އެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއް ނެތް ނަމަ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލިޔުމުން ޝަކުވާ ހުށަހެޅުމަށްވަނީ އެ އިއުލާނުގައި އެދިފައެވެ.
މީޑިއާ ކޮމިޝަނުން ބުނީ މިކަމާއި ގުޅޭގޮތުން މެއިލް info@mmbc.gov.mv އަދި ކޮމިޝަނުގެ ނަންބަރު 3003995 ގުޅައިގެން ޝަކުވާ ހުށަހަޅައި، މަޢުލޫމާތު އޮޅުންފިލުވޭނެ ކަމަށެވެ.



