ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ރާއްޖޭގެ އުތުރުގައި ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގަމުންދާ ރަށްތަކުގެ ތެރެއިން 14 ރަށެެއްގައި ކުރިއަށްގެންދާ މަޝްރޫއުއަށް ބޭނުންވާ ސާމާނު އެ ކޯޕަރޭޝަނުން އިއްޔެ އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.
އާރްޑީސީން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރާއްޖޭގެ އުތުރުގައި ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގަމުންދާ ރަށްތަކުގެ ތެރެއިން ހދ. ކުމުންދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ފިނޭގެ އިތުރުން ހއ. ތަކަންދޫ، ހއ. މާރަންދޫ، ހއ. ތުރާކުނު އަދި ހއ. ބާރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ބ. ތުޅާދޫ އާއި ބ. ކުޑަރިކިލު އަދި ރ. އިނގުރައިދޫ އާއި ރ. މަޑުއްވަރީގެ އިތުރުން ރ. މާކުރަތާއި ނ. މާފަރު އަދި ށ. މަރޮށީގައި ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި އާރްޑީސީން ބުނެފައިވެއެވެ.




