ރައްޔިތުންގެ އަތުން ނަގާ ޓެސްކް ބޮޑުކުރުމުގެ ވިސްނުން ނެތް ކަމަށާއި ޓެކްސް ދައްކާނެ ވިޔަފާރިތައް އުފައްދައިގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުރުމަށް ބައެއް ފަހަރު ދަތިތައް ދިމާވާ ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ބަޖެޓުން އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ދެވޭނެ ކަމަށެވެ.
”އާމްދަނީ އިތުރުކުރާނެ އާ ގޮތްތަކެއް ބަޖެޓުގައި ނެތް ނަމަވެސް، ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ އެއްވެސް ކަމަކަށް ހުރަހެއް ނެތް ގޮތަށް.“ މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އިގްތިސޯދު ކުރިއަރާނެ މިންވަރާއި މެދު ރާސްތާގައި އިގްތިސޯދު ދެމެހެއްޓިދާނެތޯ ސުވާލު އުފައްދާ ކަމަށެވެ.


