ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހޮޓެލް ޖެންގައެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒު ވަނީ މި ބައްދަލުކުރެއްވުމުގައި ފަލަސްތީނު ޓީމުގެ ކޭމްޕުގައި ރާއްޖޭގައި ކުރެވުނު ތަޖުރިބާ އޮޅުންފިލުވާފައެވެ.
ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ފަހިކޮށްދެއްވި ކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރައީސް މުޢިއްޒުއަށް ޝުކުރު އަދާކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދެއްވާ ޓްރޭނިންތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދީ ރާއްޖެއިން ކީ ހޫނު މަރުހަބާއަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށް އެ ޓީމުން ބުންޏެވެ. ޓީމުގެ މެނޭޖަރު މުހައްމަދު ޖުމާ ސުލައިމާން ބުނީ އަމިއްލަ ޤައުމުގެ ދިދަތައް ވިހުރާލާ މަންޒަރު އެއަރޕޯޓާއި ހަމައިން ފެނިގެން ދިއުމަކީ ބުނެދޭން ނޭންގޭ ކަހަލަ އިހުސާސްތަކެއް ކަމަށެވެ.



