މާލޭ މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ މާފަންނުގެ ގެއެއްގައި 18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިރޭ އިރުއޮއްސި 06:11 އެހާކަށްހާއިރު ކަމަށް ފުލުުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި ވާއިރު މި މަހުގެ 16 ވަނަ ދުވަހުވެސް އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ ފުލުހުން ގެންދަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.



