ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހުވަދޫ އަތޮޅުގެ 15 ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އާރްޑީސީން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރާއްޖޭގެ ދެކުނުގައި ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގަމުންދާ ރަށްތަކުގެ ތެރެއިން ގދ. މަޑަވެލި، ގދ. ފަރެސްމާތޮޑާ، ގދ. ހޯނޑެއްދޫގެ އިތުރުން ގދ. ނަޑެއްލާ، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ އަދި ގދ. ގައްދޫ އާއި ގދ. ވާދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ގއ. ކޮލަމާފުށި އަދި ގއ. މާމެންދޫ، ގއ. ދާންދޫގެ އިތުރުން ގއ. ވިލިނގިލި، ގއ. ކޮނޑޭ، ގއ. ކަނޑުހުޅުދޫ އަދި ގއ. ނިލަންދޫގައި ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމުގައި އާރްޑީސީން ބުންޏެވެ.




