ހދ. ނާގޯށީގެ ކޮންސްޓްރަކްޝަން މަސައްކަތް އަލުން ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ސައިޓުގައި ކުރަން ހުރި އެކި މަސައްކަތްތަކަށް ދިވެހިން ހޯދަން ބޭނުންވާ ކަމަށެވެ.
ނާގޯށި އެއީ މީގެ 17އަހަރު ކުރިން ޓުއަރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ.
އެ އިއުލާނުގައި ވަނީ 13 މަގާމަކަށް 20 މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މީހުން ހޯދަން އިއުލާނުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރަކާއި ކޮންސްޓްރަކްޝަން މެނޭޖަރަކާއި ޕްލޭނިން އިންޖީނިއަރަކާއި ކުއެންޓިޓީ ސާވޭޔާ އާއި ހަތަރު ސައިޓް އިންޖީނިއަރުންނާއި އެޗްއެސްސީ އިންޖީނިއަރަކާއި ޕްރޮކިއުމެންޓް އޮފިސަރަކާއި ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި ހަތަރު ސައިޓް ސުޕަވައިޒަރުންނާއި އެމްއީޕީ ކޯޑިނޭޓަރުން އަދި ދެ ޑްރާފްޓް ޕާސަން ހިމެނެ އެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
އެމްޓީޑީސީން ވަނީގެ އެމްޓީޑީސީގެ އީ-މެއިލް hr@mtdc.com.mv އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެދިފައެވެ.




