ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.
ވޭމަންޑޫގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވުމަށް ނޮވެމްބަރު މަހުގެ ތެރޭގައި އެ ރަށަށް ވަޑައިގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މިކަމަށްޓަކައި ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. ވޭމަންޑޫ އައުޓްރީޗް ސެންޓަރ ގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ ތެރޭގައި ވަޤްފް ޢިމާރާތްތަކުގެ މަސައްކަތާއި މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރާއި ޒަމާނީ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.




