ޅ. ނައިފަރުގެ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނައިފަރު މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
އާރްޑީސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ނައިފަރުމަގުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، މިދިޔަ އޮކްޓޯބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އެގޮތުން އެ ޒިޔާރަތުގެ ތެރެއިން ނައިފަރުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.





1 Comment
ރައީސް ތިކަން ފައްޓަވާ ދެއްވިޔަސް، ހަފްތާ އެއް ނުވެ ތިކަމެއް ހުއްޓާނެ. ރަށުގެ މަގުތައް ވީމަ ހަދަން ކެރޭނެ މީހެއް ވާނެ ތަނެއް ނޫން ތީ