ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައި ވަނީ ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ހައިކޯޓުން ކުރި ޕޯސްޓުގައި ބުނީ އެ ކޯޓުގެ ފަނޑިޔާރު ފަައިސަލް މިއަދު އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
އެގޮތުން ހައި ކޯޓުން ވަނީ ފައިސަލްގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
އެހެންނަމަވެސް ފައިސަލް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަ ކުރައްވަފައެއް ނުވެއެވެ.
މި އަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހައި ކޯޓު ހިންގުމުގެ މަސައްކަތް ވަޤުތީ ގޮތުން ޙަވާލު ކުރެވިފައިވަނީ ފަނޑިޔާރު އަމުޙައްމަދު ފައިޞަލްއާއެވެ.
ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ފަނޑިޔާރު ފައިސަލް އަދާކުރެއްވި ބައެއް ވަޒީފާތަކުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ އިތުރުން ކުރީން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމު ހިމެނެއެވެ.




