ސްކިލް-ބޭސްޑް ޕްރޮގްރާމްތައް ކުރިއަށްގެންދާ މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ)ގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއީ ތައިބާ އިނިޝިއޭޓިވްގެ ދަށުން، އެސް.ޓީ.ޖީ އެކްޓިވިޓީ 1.4.3 ގައި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިހުރި އިންކްލޫސިވް ސްކިލްސް ހަބްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ގުޅިގެން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމްގައި 35 މުދައްރިސުން ބައިވެރިވެއެވެ.
”މި ތަމްރީނުގެ ސަބަބުން ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުވެ، ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވިގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ދޫކުރާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.



