ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިލިމާލެއަށް މިރޭ ޒިޔާރަތް ކުރައްވައިފިއެވެ.
ވިލިމާލެއަށް ރައީސް ވަޑައިގަތުމުން، ދައުލަތުގެ މިނިސްޓަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ވިލިމާލޭގެ ކުދިބޮޑު އެތައް ރައްޔިތުން ވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން މި ދަތުރުފުޅަކީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ އަރިހަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތުގެ ތެރެއިން ކުރައްވާފައިވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސް މުޢިއްޒުގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.




