އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސް އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާންއެވެ. އަދި މޯލްޑިވްސް ޕޮލީޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޒިދުނާ ވަހީދުއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ދަށުން ޒުވާނުން ތަމްރީނުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޯޑިންގ އަދި ޕްރޮގްރާމިންގ އާއި ކޮމްޕިއުޓަރ ހާރޑްވެއަރ އެންޑް ނެޓްވޯކިންގ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީ ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ރޮބޮޓިކްސް އާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ އިތުރުން ޑިޖިޓަލް މާކެޓިންގ، ގްރެފިކްސް ޑިޒައިން އަދި ކޮންޓެންޓް ކްރިއޭޝަން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.



