ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރަން 14 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރަނީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު މި މަހުގެ 29އަށް ހަމަވާތީއެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 14 މީހަކު ކުރިމަތިލާފައިވާތީ އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ، މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމުގެ ފުރުސަތު ހުޅުވައިލެއްވުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުން ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:
- އަހުމަދު ޔާމީން، ބީޗް ކޯނަރު ގދ. ގައްދޫ
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ގއ. ނިލަންދޫ
- އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 02-2-88
- އުސާމާ މޫސާ، ޗަމަން ށ. ކޮމަންޑޫ
- ހަސަން ނާސިހް އަހުމަދު، މާވަހި ސ.ހިތަދޫ
- އިބްރާހިމް އަފީފް، ގުލްބަހާރުގެ ބ. ތުޅާދޫ
- ހަސަން ޒުހައިރު މުހައްމަދު، ގ.މާވާރުލު
- ޝައުފާ އިބްރާހިމް، އަކިރިވިލާ ދ. މީދޫ
- މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095
- މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
- އައިމިނަތު ޝާދިޔާ, މ.ޕިސްތާގެ
- އިބްރާހިމް ޝަރީފް، ގ. އަލިޝާ
- މުހައްމަދު އަމީން ޒާހިރު، ނީލާ ސ. ހިތަދޫ
- މުހައްމަދު އަބާން އިބްރާހިމް، ގ. އަންމޯލް




