ކުނި މެނޭޖުކުރުމާ ބެހޭ ޑޭޓާބޭސް ”އުތަހި“ ޕްލެޓްފޯމް އިފްތިތާޙުކޮށްފިއެވެ.
މި ޑޭޓާބޭސް އިފްތިތާޙުކޮށްފައިވަނީ ލ. ގަމުގައި ކުރިއަށްދިޔަ ”މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025“ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި އެ ޑޭޓާބޭސް އިފްތިތާޙުކޮށްދެއްވީ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒަހީނެވެ
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޕްލެޓްފޯމްގެ މަޤުޞަދަކީ ކުންޏާ ބެހޭ މަޢުލޫމާތު އެއްކުރުމާއި އެކި ފަންތީގައި ކުނި މެނޭޖުކުރުމުގެ ހަރަކާތްތައް ރާވާ މޮނިޓަރކުރުން ކަމަށެވެ.
އަދި އެއް ތަނުން އަނެއް ތަނަށް އުފުލޭ ކުނި ހަރުދަނާކަމާއެކު ޓްރެކްކުރެވޭނެ ނިޒާމެއް ޤާއިމުކުރުންވެސް މީގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ޑޭޓާބޭސް ތައްޔާރުކޮށްފައި ވަނީ ކުނި މެނޭޖުކުރުމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމަނައިގެންނެވެ.
މި ޕްލެޓްފޯމްގެ ތެރޭގައި އެޑްމިން ޕޯޓަލްއަކާއި ވޭސްޓް މެނޭޖްމެންޓް ސިސްޓަމަކާއި ޢާންމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިޓިޒަން އެޕްލިކޭޝަނެއް ހިމެނެއެވެ.




