ސްރީލަންކާގެ ނުވަރަލިއާ އިން ގެއްލިގެން ހޯދަމުން ދިޔަ ދިވެހި އާއިލާއާ ގުޅިއްޖެއެވެ.
ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިހާތަނަށް 56 މީހަކު މަރުވެ, އެތައް ބަޔަކު ގެއްލި ދަނޑުތަކާއި ގެތައް ސުންނާފަތިވެފައިވާއިރު، އެ ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަން ފެށިކަމުގެ ހަބަރު ސަމާލުކަމަށް އައިސްފައި ވަނީ މިއަދުއެވެ.
ގެއްލިގެން ހޯދި އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެކެވެ.
އެނގިފައިވާގޮތުގައި އެ އާއިލާ ގެއްލިގެން ލަންކާގައި ދިރިއުޅެމުންދާ އެ މީހުންގެ ރަހުމަތްތެރިއެއް ލަންކާ އެމްބަސީއަށް ރިޕޯޓްކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
އެެެގޮތުން މިހާރު އެ އާއިލާއާ ގުޅިފައިވާއިރު އެ އާއިލާގެ ހަބަރުނެވެ، ދިޔައީ ކަރަންޓު ކެނޑުމުގެ ސަބަބުން މުއާސަލާތު ނުކުރެވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މިހާރު އެ އާއިލާ ތިބީ އެމީހުންގެ އެކުވެރިއެއްގެ ގޭގައި ކަމަށާއި އެ މީހުން ތިބީ ހެޔޮ ހާލުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.



