ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 5 ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް ޢައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، ސ.ހިތަދޫ މާވަހި، އަލްފާޟިލް ޙަސަން ނާޞިޙް އަޙްމަދު، ށ.ކޮމަންޑޫ ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ، ހމ.ފްލެޓްނަންބަރު 02-2-88، އަލްއުސްތާޛާ ޢާއިޝަތު އިޝާ، ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ގދ.ގައްދޫ ބީޗްކޯނަރ، އަލްފާޟިލް އަޙްމަދު ޔާމީންއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާއި ގުޅިގެން، މެންބަރުކަމަށް، މި ފަސްބޭފުޅުން ޢައްޔަންކުރައްވާފައިވަނީ 2025 ނޮވެންބަރު 29 ވަނަ ދުވަހުއެވެ.




